Last Updated: June 11, 10:34
Thursday, June 11, 2026
މުނިފޫހިފިލުވުން

ކާތިކާ ނުލައި 'ދޯސްތާނާ 2' ހަދަނީ

ޝޫޓިންގެ 80 ޕަސެންޓް ނިމިފައި ވަނިކޮށް ޖެހުނު މައްސަލަތަކަކާ ގުޅިގެން މީހެ ހަ އަހަރު ކުރިން މަސައްކަތް ހުއްޓާލި ބޮލީވުޑްގެ ފިލްމު "ދޯސްތާނާ 2" ގެ ކާސްޓަށް ބަދަލެއް ގެނެސް އަލުން އޭގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި މަސައްކަތް ފެށި ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިއަން އާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝައާ އެވެ. މި ތަރިިންނާ އެކު ފިލްމުގެ ޑައިރެކްޝަނާ އޭރު ހަވާލުވީ ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން ވެން ސީރީޒް "ކޯލް މީ ބޭ" ހެ ކޮލިން ޑި ކަންހާ އެވެ.

"ދޯސްތާނާ 2" ހުއްޓައިލަން ޖެހުނީ ކާތިކާއި ދަރުމާގެ ޓީމާ ޖެހުނު މައްސަަލަތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އޭނަ ފިލްމުން ވަކިކުރި އެވެ.

ނަމަވެސް މިހާތަނަށް ދިމާވި އަސްލު މައްސަލަ އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. "ދޯސްތާނާ 2" ގެ މައްސަލަގަނޑާ އެކު ކާތިކާއި ކަރަންްއާ ދެމެދު ވެސް މައްސަލަ ޖެހި، ދެ މީހުންގެ މޫނު ކެނޑުނެވެ. ނަމަވެސް ގުޅުން އަލުން ރަނގަޅުވެ، ކާތިކްގެ އަތުގައި މިހާރު ދަރުމާގެ ސެ ފިލްމެއް އެބައޮތެވެ. އެއީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ނާގްޒިއްލާ" އާއި އް ވެސް އެބައޮތެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ 13 އަށް ތާވަލުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ ތޫ މޭރީ" އެވެ.

"ދޯސްތާނާ 2" އޭނަ ނުލައި ހަދަން ތައްޔާރުވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން ކާތިކްގެ ބަދަލުގައި ފިލްމަށް ނަގާފައި ވަނީ ވިކްރާންތު މަސީ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ދާދި ފަހުން ދަރުމާ އިން ނެޓްފްލިކްސް އަށް ދޫކޮށްލި "ނާދާނިޔާން" ގެ ޑައިރެކްޓަރު ޝައުނާ ގޯތަމް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި "ދޯސްތާނާ 2" އަކީ ސިނަމާތަކަށް ނުގެނެސް، ނެޓްފްލިކްސް އަށް ދޫކޮށްލާނެ ފިލްމެކެވެ. އަދި މީގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.

މިއީ ދަރުމާ އިން 2008 ގައި ތަރުން މަންސުކާނީ ޑައިރެކްޓްކޮށް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ" ގެ ތީމަށް ހަދާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަބީޝެކް ބައްޗަނެވެ.