Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

ހޫނު ގަދަވުމުން އޭޕްރީލްގެ ބިލަށްވެސް ޑިސްކައުންޓް

ހޫނު ގަދަވުމުން އޭޕްރިލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ވަނީ ޑިސްކައުންޓު ދީފައި ކަމަށެވެ.

މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދީފައި ވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށް ވެސް ބުންޏެވެ.

އެހެން ކަމުން، އޭޕްރީލް މަހުގެ ކަރަންޓުބިލު އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ލުއި ދިނުމުން ކަމުގައި ބުންޏެވެ.