ރާއްޖޭގެ ހޮންޑާއިން "ފްލޭޝް ޑީލް" ގެ ނަމުގައި 4 މޮޑެލްއެއްގެ ސައިކަލުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން ޖޫން މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ރާއްޖޭގެ ހޮންޑާއިން ވިއްކަމުންދާ މަޤްބޫލު ހަތަރު މޮޑެލްއެއް ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓު ލިބޭނެއެވެ. އެގޮތުން ޑިސްކައުންޓް ލިބޭ މޮޑެލްތަކުގެ ތެރޭގައި:
– އެއާ ބްލޭޑް ބްލެކް އެޑިޝަން
– އެއާ ބްލޭޑް ސްޕެޝަން އެޑިޝަން
– ޕީސީއެކްސް 2023
– ވިޝަން 110 – 2023
މި ސައިކަލުތައް އެއްކޮށް ފައިސާ ދައްކާ ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓް ދޭއިރު، ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްވެސް މި ސައިކަލުތަކައް ލިބޭނެ އެވެ. މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން 50 ޕަސެންޓް ޑައުންޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހައިލެވޭނެ އެވެ.
ރާއްޖޭގެ ހޮންޑާ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ސިޓީގައި ހުރެ އެވެ. މި ހުރިހާ އައުޓްލެޓަކުންވެސް ޕްރޮމޯޝަންގެ ދަށުން ސައިކަލު ބައްލަވައިގަނެވޭއިރު، އައުޓްލެޓްތަކުން ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ލިބޭނެ އެވެ.