ޓޫރިޒަމް އިޝްތޮހާރު ކުރަން ދުނިޔޭގައި އެންމެ ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފެއާތަކުގެ ތެރޭގައި ހިމެނޭ މި އަހަރުގެ އައިޓީބީ ފެއާގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން އޭގައި ބައިވެރިވާން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް ނިންމައި، ކައުންސިލާ އެކު ފެއާގައި އައްޑޫ ތަމްސީލުކުރާ ޓޫރިޒަމް ވިޔަފާރި ހިންގާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ކައުންސިލުން ބުނީ 8 ފަރާތަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން ފެއާގައި ބައިވެރިވާން ފީ/ސްޓޯލް ފީ އާއި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ އިންޓަނޭޝަނަލް ޓިކެޓާ އެކު އެލަވަންސެއް ވެސް ކައުންސިލުން ދޭން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބުުނީ ފެއާގައި ބައިވެރިވާނީ އައްޑޫގެ ހުރިހާ އަވަށްތަކަށް ތަމްސީލުވާ ގޮތަށް ކަމަށެވެ.
* ހިތަދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާ އިން ދެ ފަރާތް
* މަރަދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
* މަރަދޫފޭދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާ އިން އެއް ފަރާތް
* ފޭދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
* ހުޅުދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
* މީދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
މީގެ އިތުރުން އައްޑު އަށް ނިސްބަތްވާ ނޫސް/މީޑިއާ ދާއިރާއިން އެއް ފަރާތަކަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
އެހެންވެ އަައިޓީބީ ފެއާގައި ކައުންސިލާ އެކު ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ މި ލިންކް forms.gle/Kt7KSmJPL2hzZURT9 މެދުވެރިކޮށެވެ.
މި އަހަރުގެ އައިޓީބީ ފެއާގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހަމަޖެހިފައިވާ އިރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ "އައްޑޫ؛ ބިޔޯންޑް ދި އައްޑޫ" ގެ ނަމުގައި ބްރޭންޑްކޮށް، މިދިޔަ އަހަރުން ފެށިގެން އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
އެގޮތުން ބޭރުގެ ބައެއް ފެއާތަކުގައި މިދިޔަ އަހަރު ވެސް އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ. އެގޮތުން އިނގިރޭސިވިލާތް، ޗައިނާ އަދި ބަންގްދޭޝްގައި ބޭއްވި ފެއާތަކެއްގައި އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ.
އައިޓީބީ ފެއާ އޮންނާނީ މި މަހުގެ 27-29 އަށް ޗައިނާގެ ޝަންހާއީގަ އެެވެ.