މާލޭގައި ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް ވަންނަން ހުޅުވައިލުމުން 600 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އެހާ ގިނަ ދަރިވަރުންތަކެއް ކުރިމަތިލި ނަމަވެސް ޖާގަ ހުރި ގޮތުން ފުރުސަތު ދެވެން އޮތީ 200 ކުދިންނަނަށް ކަމަށެވެ.
"[އަދި] އިޚުތިޔާރު ކުރެވިގެން ދާނީ އެންމެ މޮޅު ދަރިވަރުން." ޝަހީމު ވިދާޅުވި އެވެ.
އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކީތިރި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިންގަ އެެވެ.
ކީރިތި ޤުރުއާން ހިތުދަސް ކުރުން މުޅިން ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު، އެފަދަ ކްލާސްތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ ގޮތުން އެހީވާން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ހިތުދަސްކޮށްދާ ކްލާސްތައް ދަފުތަރުވާވާން ވެސް ހުޅުވައިލި އެވެ.