Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީއަކު ޑީޕޯޓްކުރަނީ

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްބާ މޮޓީ މިއާ، ބަންގްލަދޭޝް، 38، ކަމަށެވެ. އޭނަ ހައްޔަރިކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 8 ވަނަ ދުވަހު މާލޭގެ މަގެއްމަތިންނެވެ.

މޮޓީ މިއާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500 އެމްއެލްގެ 115 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.