Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހަގީގީ ބަތަލުންނަކީ މައިން: ރައީސް

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައިންގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަންމައިންގެ ދުވަހުން ހަނދާންކޮށް ދެނީ އެންމެ އަގުހުރި ޤުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ.

"މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާ އެކު." ރައީސް ވިދާޅުވި އެވެ.

މައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 11 ގަ އެވެ.