އެހާރާއި މިހާރުގެ ހާދިސާތަކެއް ދައްކުވައި ދޭ ގޮތަށް ޑާކް ރެއިން އެންޓަޓައިންމަންޓުން "މޫސުން" ކިޔާ އާ ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ މި ސީރީޒަކީ ފުލުފުލުގައި ސީރީޒްތަކެއް ޑައިރެކްޓްކުރަމުން އަންނަ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެއްޗެކެވެ.
"މޫސުން" އަކީ އޭނަ އެންމެ ފަހުން ޑައިރެކްޓްކޮށް މީޑިއާނެޓްގެ އެމްއެސްވީޑިއީ ކުލަބަށް ގެނެސްދިން "ފެށުމާއި ނިމުން" ގެ އިތުރުން "ރޯލީމޭ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަދާ 10 އެޕިސޯޑްގެ ސީރީޒެކެވެ.
"މޫސުން"' އަކީ ވެސް މީޑިއާނެޓަށް ގެނެސްދޭނެ އެއްޗެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، ރަޒާން ރާމިޒު، މުހައްމަދު މަޒީން، ހުސައިން ސާމީ، އައިމިނަތު ޝުހާ، އަލީ ޝަޒްލީމް އަދި އައިޝަތު ގުލްފާގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.