Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

ހުޅުމީދޫ ފްލެޓްތަކަށް ސީސީޓީވީ ކެމެރާ ހޯދަނީ

އައްޑޫ ހުޅުމީދޫގެ ފްލެޓްތަކަށް ބޭނުންވާ ސީސީޓީވީ ކެމެރާތައް ސަޕްލައިކޮށް އިންސްޓޯލްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަސް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ބީލަމަށް އެދޭ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ.

މި ބީލަމުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 6،000.00ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

ހުޅުމީދޫ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ފްލެޓްތަކެވެ. އެގޮތުން އެ އަވަށުގައި 48 ފްލެޓް ހަދާފައިވެ އެވެ.