މަޝްހޫރު ތަރިންތަކެއް ހިމެނޭ ހޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ "މެޓީރިއަލިސްޓްސް" އަންނަ މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ޓްރެއިލާ ވެސް ބެލުންތެރިންނަށް ދޫކޮށްލާފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ ކްރިސް އިވަންސް އާއި ޑަކޯޓާ ޖޯންސަންގެ އިތުރުން ޕެޑްރޯ ޕާސްކަލް އެވެ.
"މެޓީރިއަލިސްޓްސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯސެފް ލީ، ޖޯން މެގާރޯ، އެޑީ ކެހިލް، ސޯޔާ ސްޕީލްބާގް، ލުއީޒާ ޖެކޮބްސަން، މެރިން އަޔަލަންޑް އަދި ޒޯއީ ވިންޓާ ހިމެނެ އެވެ.
ސޮނީ ޕިކްޗާސް އިން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސެލީން ސޯންގެވެ. "މެޓީރިއަލިސްޓްސް" އަކީ އޭނަގެ ދެވަނަ ފީޗާ އެވެ. ސެލީން ގެނެސްދިން ފުރަތަމަ ފިލްމަކީ 2023 ގެ ރޮމޭންޓިކް ޑްރާމާ "ޕާސްޓް ލިވްސް" އެވެ.