Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

'މޯލްޑިވްސް 2.0' ގެ ސަބަބުން އިތުބާރު ބޮޑުވާނެ

ރާއްޖެ ޑިޖިޓަލައިޒް ކުރަން ފެށި "މޯލްޑިވްސް 2.0" ގެ ސަބަބުން ރާއްޖެ އަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދާނެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކްސް ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ "މޯލްޑިވްސް 2.0" ގެ މާނަ އަކީ އަވަސް ހިދުމަތްތަކާއެކު ހާމަކަން ބޮޑު ވެރިކަމެއް ކަމަށެވެ. އަދި މިއީ ރައްކާތެރި، ސޮވަރިން އިންފްރާސްޓްރަކްޗާއެއް ކަމަސް ވެސް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ސަބަބުން ވިޔަފާރި ކުރިއެރުން އަވަސްވެ، އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، މުޅި ގައުމުގައި އިނޮވޭޝަން އިތުރުވެގެން ދާނެ ކަމަށެވެ.

"މޯލްޑިވްސް 2.0" ގެ ތެރެއިން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާ އިރު، ސަރުކާރުން ބުނެފައި ވަނީ މީގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކޮޕަރްޝަން ނައްތައިލެވުން ކަމަށެވެ.