Last Updated: May 12, 07:17
Monday, May 12, 2025
ދުނިޔެ

ލަންކާގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ

ސްރީ ލަންކާގެ ފަރުބަދަމަތީ ސަރަހައްދަކުން ދަތުރުކުރި ބަހެއް ވެއްޓި 20 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިއަދު މެންދުރު އެ ހާދިސާ ހިނގާފައި ވަނީ ކޮޓްމަލޭގަ އެވެ.

ހަތްދިހަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ބަސް ވެއްޓި، 21 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށްވާ ލަންކާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޕްރަސައްނާ ގުނަސަނެ ވިދާޅުވި އެވެ. މި ހާދިސާގައި ޒަހަމްވި އިތުރަށް ބަޔަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ ބަހުގެ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ގުނަސަނެ ވިދާޅުވީ ބަސް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.