Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

މުދަލު ޒަކާތަށް މިދިޔަ މަހު 11.7 މިލިއަން

މިދިޔަ މަހު މުދަލު ޒަކާތަށް ލިބުނީ 11.7 މިލިއަން ރުފިޔާ ކަމަށް މީރާ އިން ބުނެފި އެެވެ.

އެތަނުން މި އަހަރުގެ ފުރަތަމަ ހަތަރު މަހު މުދަލު ޒަކާތަށް ލިބުނު ޖުމްލަ އަދަދު މިހާރު 46.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 37.2 މިލިއަން ރުފިޔާއަށް ވުރެ 9.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެހެންވެ މިއީ 25.2 ޕަސެންޓް އިތުރުވުމެކެވެ.

ޖެނުއަރީ މަހު މުދަލު ޒަކާތަށް 5.3 މިލިއަން ރުފިޔާ، ލިބުނު އިރު، ފެބްރުއަރީގައި 5.9 މިލިއަން ރުފިޔާ ލިބުނެވެ. އަދި މާޗްގައި 23.5 މިލިއަން ރުފިޔާ ލިިބުނެވެ.

ރާއްޖޭގައި މިހާރު މުދަލު ޒަކާތް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުުވަމުން އަންނަ އިރު، އަހަރުން އަހަރަށް މުދަލު ޒަކާތަށް ލިބޭ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

ޒަކާތު ހައުސް އިން އަންނަނީ މުދަލު ޒަކާތަށް ހޭލުންތެރިކަން އުފައްދަން މުޅި ރާއްޖޭގައި ޕްރޮގްރާމްތައް ހިންގަމުންނެވެ.