Last Updated: May 12, 10:01
Monday, May 12, 2025
ޚަބަރު

އޭއީއެޗްގެ ކެތު ލެބްގެ ހިދުމަތް ނުފެށި ލަސްވާތީ ސުވާލުކުރަނީ

މެންބަރު އަހުމަދު އަޒާން މަރުޒޫޤު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގާއިމުކުރި ކެތު ލެބްގެ ހިދުމަތް ނުފެށި ލަސްވަމުންދާތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދު ހުށަހަޅުއްވައިފި އެވެ.

އަޒާން ހުށަހެޅުއްވި ސުވާލުގައި އެދުނީ ކެތު ލެބުގެ ހިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ތާރީހު ސާފުކޮށްދިނުމަށެވެ.

އައްޑޫ ހޮސްޕިޓަލުން މިދިޔަ އަހަރު އިމަޖެންސީގައި މާލެއަށް ފޮނުވި ކޮންމެ ފަސް މީހަކުން އެކަކަކީ ކާޑިއެކް އެމަޖެންސީގެ ސަބަބުން ފޮނުވަން ޖެހުނު މީހުން ކަމަށް އަޒާން ފާހަގަކުރެއްވި އެވެ.

އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އޭއީއެޗްގެ ކެތު ލެބް އައުޓްސޯސްކޮށްގެން ހިންގަން ހޮސްޕިޓަލުން ކުރިން މަސައްކަތްތަކެއްކޮށްފައިވާ އިރު، އެކަމަށް އޭޑީކޭ ހޮސްޕިޓަލުން ޝައުގުވެރިކަން ފާޅުކޮށްފައިިވެ އެވެ.

ނަމަވެސް މިހާތަނަށް ކެތު ލެބްގެ ހިދުމަތާ ގުޅޭ ގޮތުން އޭއީއެޗުން ވަކި ގޮތެއް ނުނިންމަ އެވެ.