Last Updated: July 23, 10:04
Thursday, July 23, 2026
ޚަބަރު

ވަންދޫގައި ކުންޏާއި ކެމިކަލް ރައްކާކުރާނެ ފެސިލިޓީ އަޅަނީ

ރ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖްކުރާ މަރުކަޒުގެ ޑިޒައިން ބިލްޑިންގްގެ މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި ފެސިލިޓީއަކީ 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ދަށުން ކުރާ މަސައްކަތެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ ފުރިހަމަ ކުރެވުމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން މި ފެސިލިޓީގައި ރައްކާކުރެވޭނެ ކަމަށެވެ.

މިގޮތުން މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ފަތުރުވެރިކަން އަދި އިމާރާއްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް ތިމާވެއްޓާއި ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް، މިނިސްޓްރީން ބުނެ އެވެ.

މި ފެސިލިޓީ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ވަންދޫގައި ގާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަސައްކަތުގެ އަގަކި 18.5 މިލިއަން ރުފިޔާ އެވެ.