ޝާމުގެ މަޝްހޫރު ވިޔަފާރިވެރިޔަކަށް ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުނެވެ. ޑަކްޓަރުންނަށް އެ ބައްޔަކަށް ފަރުވާއެއް ނުހޯދުނެވެ. ވިޔަފާރިވެރިޔާ އެ ބަލިން ޝިފާ ލިބޭތޯ ވަރަށް ގިނަ ފައިސާ ހޭދަކުރި އެވެ. ބައްޔަށް ފަރުވާ ކުރުމުގައި ޑަކްޓަރުން ނާކާމިޔާބުވި އެވެ. އަދި އެންމެ ކުޑަ މިނުން ބަލީގެ ސަބަބެއް ވެސް ޑަކްޓަރުންނަށް ނުހޯދުނެވެ. އެގޮތުގައި ދުވަސްތައް ތަކުރާރުވަމުން ދިޔަ އެވެ. ވިޔަފާރިވެރިޔާ ވެސް މާޔޫސް ޙަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަން ފެށިއެވެ.
ޝާމުގެ ބޮޑެތި ޝައިޚުންގެ ތެރެއިން ޝައިޚެއްގެ ގާތަށް ގޮސް ވިޔަފާރިވެރިޔާ އޭނާގެ ވާހަކަ އެ ޝައިޚަށް ކިޔައި ދިނެވެ. ޝައިޚް އޭނާ އާއި މުޚާޠަބުކޮށް ބުންޏެވެ. "އޭ ދަރިފުޅާއެވެ! الجامع الأموي އަށް ދާށެވެ. އެ މިސްކިތަށް ގޮސް ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ސަލާމްކުރާށެވެ. އަދި ތިބާއާ ބައްދަލުވާ ކޮންމެ މީހަކަށް (الله يعطيك العافية) މާތް ﷲ ތިބާއަށް ފުރިހަމަ ޞިއްޙަތު ދެއްވާށި އެވެ. މިފަދައިން ބުނާށެވެ.
ޝައިޚާ މުޚާޠަބުކޮށް ވިޔަފާރިވެރިޔާ ބުންޏެވެ. ޝަޚުއެވެ! އަހަރެން މިބުނީ މި މަރުވަނީ އެވެ. ޝައިޚު ތިބުނީ الجامع الأموي އަށް ދާށެވެ! ޝައިޚު ބުންޏެވެ.
ދަރިފުޅާށެވެ. ބުނި ގޮތަށް ކަންތައް ކުރާށެވެ.
ޝައިޚު ބުނި ގޮތަށް އެމީހާ الجامع الأموي އަށް ދިޔަ އެވެ. އަދި ބައްދަލުވާ ކޮންމެ މީހަކާ މުޚާޠަބުކޮށް، (الله يعطيك العافية) މާތް ﷲ ތިބާއަށް ފުރިހަމަ ޞިއްޙަތު ދެއްވާށިއެވެ. މިފަދައިން ބުނެއެވެ.
ޖަވާބުގައި އެ މީހަކު ވެސް (الله يعافيك.) މާތް ﷲ ތިބާއަށް ޝިފާ ދެއްވާށި އެވެ. މިފަދައިން ބުނެއެވެ. ވިޔަފާރިވެރިޔާ އޭގެ ހަށިގަނޑުގައިވާ ތަދުތަކަށް މަޑުމަޑުން ލުއިކަން ލިބެމުންދާކަމުގެ އިޙްސާސް ކުރެވެން ފެށި އެވެ. އަދި އަވަސް އަވަހަށް މިސްކިތުން ފައިބައިގެން ޑަކްޓަރުގެ ގާތަށް ގޮސް ޓެސްޓެތައް އަލުން ހެދި އެވެ.
ޓެސްޓްތަކުގެ ނަތީޖާ އަށް ބަލައިފައި ޑަކްޓަރަށް ކުއްލި ޙައިރާން ކަމެއް ލިބިގެން ދި ޔައެވެ. ނަތީޖާ އިން ދައްކަނީ އެކަލާނގެ ފަޟްލަވަންތަކަމުން އެ މީހާ ގައިގައި ބަލީގެ އެއްވެސް ޢަލާމާތެއް ފެންނަން ނެތްކަމުގަ އެވެ.
ޑަކްޓަރުގެ ކައިރިން ވިޔަފާރި ވެރިޔާ ދިޔައީ ސީދާ ޝައިޚުގެ ގާތަށެވެ. އަދި ޝައިޚާ މުޚާޠަބުކޮށް ބުންޏެވެ. އަހަރެންގެ ބަލިން ޝިފާ ލިބިއްޖެ އެވެ. މިހާރު އަހަރެންގެ ގައިގައި ބަލީގެ އެއްވެސް ނިޝާނެއް ނެތެވެ. ޝައިޚު ބުންޏެވެ. މިސްކިތުން އެމީ ހާ ދުޢާކުރުމުން، ތިބާއަށް ޝިފާ ދެއްވާ ފަދަ މީހަކާ ދިމާވީ ކަމުގައި ވެދާނެ އެވެ. އޭނާ ދުޢާ ކުރުމުން ތިބާއަށް އެކަލާނގެ ޝިފާ ދެއްވީ އެވެ.
އެކަލާނގެ ވަޙީ ކުރައްވައިފައި ވަނީ މިފަދައިންނެވެ. ﴿وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ﴾ [سورة الحج: 24] މާނައީ:" އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ." (قصة من أروع القصص الشيخ علي الصلبي)
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.