މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.
ކުރިން މިދިޔަ މަހު ބާއްވަން ނިންމުމަށް ފަހު، ފަހުން މި މަހަށް ފަސްކުރި "އަހާ" ފޯރަމްގެ މިރޭގެ އެޑިޝަންގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އެގްރިކަލްޗަ މިނިސްޓަރު މަރިޔަމް މާރިއާ އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީގުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.
"އަހާ" ގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.
މިރޭ ބާއްވަނީ "އަހާ" ފޯރަމްގެ ފަސް ވަނަ އެޑިޝަނެވެ. އެ ފަށާނީ 9:00 ގަ އެވެ.