Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ނަޑެއްލާ އިން މީހަކު ގެއްލިގެން ހޯދަނީ

ގދ. ނަޑެއްލާއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަނީ ހދ. ނޮޅިވަރަމް، ސުހާނީ، އާދަމް އިބްރާހިމް، 34، ކަމަށެވެ.

އޭނަ އިއްޔެ އިއްޔެ މެންދުރު ފަހު 2:00 އެހާކަންހާއިރު ނަޑައްލާ އަށް ކައިރިކުރި "އިތުބާރު" ކިޔާ ދޯންޏަކުން އެ ރަށަށް ފޭބުމަށްފަ ހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީ އާއި އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާ އަށް ގޮސް، ރަށުތެރެ އާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިއަދު ވެސް އާދަން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.