Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

އިންޑިއާ އަށް ދައްކަން ޖެހޭ ދަރަންޏެއް ފަސްކޮށް ދީފި

ކުރީގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ޓީ-ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަން ޖެހޭ 100 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރު ދެއްކުން އެ ގައުމުން ފަސްކޮށް ދީފި އެވެ.

އެ މުއާމަލާތުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ކުރިން މައާފުކޮށް ދީފައި ވެސް ވެ އެވެ. އަދި މި ސަރުކާރު އައި ފަހުން އެއިން 50 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.

ކީ މިހާރު ދައްކަން އޮތީ 100 މިލިއަން ޑޮލަރެވެ.

އެ ފައިސާ ދައްކަން ޖެހެނީ ބަހާލައިގެން އަހަރުގެ ދެ މުއްދަތެއްއގެ ތެރޭގަ އެވެ. މީގެ ކުރިން ވެސް އިންޑިޔާ ސަރުކާރުންވަނީ 50 މިލިއަން ޑޮލަރެއް އަދާކުރުން ފަސްކޮށް ދީފައިވެ އެވެ.

ފައިސާ ދެއްކިން ފަސްކޮށް ދިނުމާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު ވެސް އަދާ ކުރައްވާފައިވެ ވެ. އަދި ފައިސާ ދެއްކުން ފަސްކޮށް ދިނމަކީ އިންޑިޔާ އިން ރާއްޖެއަށް ވެދިން މުހިއްމު މާލީ ވަރަށް ބޮޑު ލުއެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ބޭނުން ޖެހިފައި އޮތް މިފަަދަ ދަނޑިވަޅެއްގަައި އިންޑިއާ އިން ފޯރުކޮށް ދިން މި އެހީތެރިކަމުން ދައްކުވައި ދެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވެސް ވަނީ އިތުރު އެއް އަހަރަށް 50 މިލިއަން ޑޮލަރުގެ ޓީބިލު އަނބުރާ ދެއްކުން އެ ގައުމުގެ ސަރުކާރުން ފަސްކޮށް ދީފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން 2019 ގެ މާޗު މަހުން ފެށިގެން އެސްބީއައި މެދުވެރިކޮށް ދިވެހި ސަރުކާރުގެ ޓީ-ބިލުތައް އިންޑިއާ އިން ގަންނަމުން އަންނައިރު އެ މުއްދަތުގައި އަހަރުން އަހަރަށް އެ ޓީ-ބިލުތައް ދެއްކުން ފަސްކޮށް ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.