މޯލްޑިވްސް ބްރޯޑްކާސްޓީން ކޮމިޝަންގެ މެެމްބަރުކަމަށް އައްޔަން ކުރަން ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ބްރޯޑްކޮަށް މެމްމަބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގައި ހިމެނޭ މެމްބަރު އައިމިނަތު އަމީނާގެ ދައުރު ހަމަވާތީ އެވެ. އޭނަގެ ދައުރު ހަމަވާނީ އަންނަ މަހުގެ 15 އަށެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން މަޖިލިހަށް ހުށައަޅުއްވައިފައެވެ. އެގޮތުން ލިސްޓުގެ އެންމެ ކުރީގައި އޮތީމިހާރު އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ޒަމްއަތުގެ ނަމެވެ.
އޭނަ އަކީ ދިވެހި ރާއްޖޭގެ އަޑާއި ޕީއެސްއެމްގެ އިތުރުބް ވީޓީވީގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ފޮނުވި ނަންތައް:
* ޒަމްއަތު އަހްމަދު ވަހީދު
* އިބްރާހިމް އަޝްރަފް
* މޫސާ ރިލްވާން
* ޒީނާ ޒާހިރު
* އަލީ ޔޫސުފް
* ޝިމްލާ އަހްމަދު
މި ނަންތައް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.