Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކާށިދޫގައި ވެސް އޭއެފްސީ ކޯޗިން ކޯހެއް ހިންގައިފި

އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯޖހެއް. ކ. ކާށިދޫގައި ހިންގައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީ އައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ގުޅިގެން ހިންގި އެ ކޯސް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 28 އިން މި މަހުގެ 9 އަށެވެ.

މިއީ އެމްއެންއައިއެސް އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިތުރުން ކާށިދޫ އެމްޖީ ސްޕޯޓްސް ކްލަބް ގުޅިގެން ހިންގި ކޯހެކެވެ.

ބާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި 26 މީހަކު ބައިވެރިވިއެވެ. ފުޓުބޯޅައިގެ ކޯޗެއްގެ އަސާސީ މިންގަނޑުތަކާއި، އުސޫލުތަކާއި ރިވެތި އަހުލާގު ދެމެހެއްޓުމަށް ބައިވެރިން ތަމްރީނު ކުރެވިގެންދިޔަ މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ތަޖުރިބާކާރު ކޯޗުން ކަމަށްވާ އަލީ ނިޝްތާރާއިއި އަހުމަދު އަޒްމީ އެވެ.

އެމްއެންއައިއެސް އިން މިދިޔަ މަހުގެ 12-24 އަށް ޅ. ނައިފަރުގައި ވެސް އޭއޭފްސ "ސީ" ލައިސަންސް ކޯސް ހިންގި އެވެ. އެ ކޯހުގައި 19 މީހަކު ބައިވެރިވެރިވެ ސެޓްފިކެޓް ހާސިލްކުރިއެވެ.