Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ހާލު ސީރިއަސް

ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މިދިޔަ ހިނިހިރު ދުވަހުގެ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީ އެވެ.

އޭނަ އެކްސިޑެންޓްވި އިރު އިނީ ރޭސް ސައިކަލެއްގެ ފަހަތުގައެވެ. ކަވަސާކީ ބްރޭންޑްގެ އެ ސައިކަލް ބްރިޖުގައި ވަރަށް ބާރަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިބެ އެވެ.

ޝަޒީ އަށް ފުރަތަމަ ފަރުވާދެމުން އައީ އައިޖީއެމްއެޗް ވެންޓިލޭޓަރުގަ އެވެ. އަދި ވެންޓިލޭޓަރުން ނަގަި މިހާރު އޮތީ އައިސީޔޫގަ އެވެ. އަދި ޝަޒީގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އޭނަ އެކްސިޑެންޓްވި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ 7:00 އެހާކަށްހާ އިރު، އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ޝަޒީގެ އިތުރުން އިތުރު ދެ މީހަކަށް ވެސް އަނިޔާވި އެވެ. ނަމަވެސް އެ މިހުންނަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ވަނީ އެކްސިޑެންޓަށް ފަހު ދެ ސައިކަލު ޓޯކޮށްފަ އެވެ.