ކާސްޓްރޯލް ބްރޭންޑްގެ އުފެއްދުންތަކަކީ އެމްޓީސީން ސޯލް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެތެރެކޮށް ވިއްކާ އުފެއްދުމަކަށްވާތީ އެހެން ކުންފުނިތަކުން ކާސްޓްރޯލް އެތެރެކުރާ ނަަމަ ފިޔަވަޅު އަޅާނެގެ އިންޒާރު ދީފި އެވެ.
އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނީ ކާސްޓްރޯލް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާ އެ ކުންފުންޏާ ދެމެދު އެއްބަސްވެ، އެ ކުންފުންޏަކީ ރާއްޖޭގެ ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރު ކަމަށެވެެ. އެހެންވެ އިތުރު އެއްވެސް ކުންފުންޏަކުން ކާސްޓްރޯލް ބްރޭންޑްގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށް ވިއްކައި މާކެޓްކޮށް ހެދުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް އޮޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ކާސްޓްރޯލް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ވިޔަފާރީގެ ރޫހާ މުޅީން ޚިލާފު ކަމެއް ކަމަށް ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިން ބުނީ ބުނީ އެއްވެސް ކުންފުންޏަކުން އެމްޓީސީސީގެ ވިޔަފާރިއަށް ގެއްލުންވާނެ ގޮތަށް އަމަލުކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ، އެކަން ކުށްވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތާ ދެކޮޅަށް އަޅާނެކަމަށް ބުނެފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެހެން ކުންފުނިތަކުން ވިއްކަމުން ދަނީ ކާސްޓްރޯލްގެ ނަކަލު އަސްލު ނޫން އުފެއްދުންކަށްވުމުގެ ފުރިސަތު ވެސް ބޮޑު ކަމަށާއި ކަސްޓަމަރުން އެކަމާ މެދު ސަމާލު ވާން ޖެހޭ ކަމަށެވެ.