މުޅި ރާއްޖެ އަށް ވެސް ވައިގަދާނެ ކަމަށް ލަފާކޮށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 1:15 އިން ފެށިގެން އިރުއޮއްސި 6:15 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރެކެވެ.