Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހައްޖާޖީންނަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް

ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން މި އަހަރު ހައްޖަށް ދާ މީހުންނަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މިއީ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން އެދިވަޑައިގަތް ކަމެއް ކަމަށެވެ.

"‏ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިން މި އަހަރު 1،000 މީހުން ހައްޖަށް ދާނެ އެވެ. ހައްޖާޖީން މި މަހުގެ ފަހުކޮޅު ފުރަން ފަށާނެ އެވެ.