Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ތެރަޕީ އަށް ދިޔަ ކުއްޖާއަށް އަނިޔާކުރި މީހުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ ޕިޒިއޯ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 5 ވަނަ ދުވަހު ކްލިނިކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ގޮތަކަށް އަމަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ. އެއީ އުމުރުން 24 އަހަރުގެ ރާޖޭޝްވަރީ ސިވާ ކުމާރް އަދި އުމުރުން 24 އަހަރުގެ އެންޓޮނެޓްއެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކްލިނިކްގައި ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ކްލިނިކް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.