ގދ. ނަޑެއްލާއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހިމް، 34، މިހާރު ފެނިފައިވާ ކަމަށެވެ. އޭނަ ފެނުނީ މިއަދު 4:45 އެހާކަންހާ އިރު ފެނުނީ ނަޑެއްލާ ކައިރީ އޮންނަ ފަޅު ރަށަކުންނެވެ.
ފުލުހުން ބުނީ އާދަމްގެ ހާލު ރަނގަޅު ކަމަށެވެ.
އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:25 އެހާކަށްހާ އިތު އެވެ. ފުލުހުން ބުނީ އާދަމް ހޯދަން ފެށީ އިއްޔެ މެންދުރު ފަހު 2:00 އެހާކަންހާއިރު ނަޑެއްލާ އަށް ކައިރިކުރި "އިތުބާރު" ކިޔާ ދޯންޏަކުން އެ ރަށަށް އާދަމް ފޭބުމަށް ފަހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީ އާއި އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.