މި މަހު ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ވާދަކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން ފަށައިފި އެވެ.
މިމަހު 23-31 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވަން ހަމަޖެހިފައިވާމަޢުރަޒުގައި މައިގަނޑު 15 ދާއިރާއަކުން 83 ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މައުރަޒަށް ތަކެތި ބަލައިގަތުމުގެ ފުރަތަމަ މަރުހަލާގައި އަތްތެރި މަސައްކަތާއި އެހެނިހެން ބައިތަކުގެ އުފެއްދުންތައް ބަލައިގަންނަނީ މި މަހު 10-13 ވަނަ ދުވަހާ ހަމައަށެވެ. އަދި 14 އާއި 15 ވަނަ ދުވަހަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެފެއްދުންތައް ބަލައި ގަންނަ އިރު 15-17 ވަނަ ދުވަހާ ހަމައަށް ބަލައި ގަންނަނީ ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތަކެވެ.
އެ ތަކެތި ބަލައިގަންނަމުން ދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުންނެވެ.
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އިންތިޒާމުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.