Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ ދެ މީހުން ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.