Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

84 ފުޅި ރަލާ އެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 84 ފުޅި ރަލާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކާރަކަށް ބަނގުރާ އަރުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން، 46، ކަމަށެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އޭނަ އަތުލައިގަތީ އަމީން އެވެނިއު މެޕަލް ކުރިމަތިން ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އުޝާން ހައްޔަރުކޮށް ކާރު ޓޯކޮށް، މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.