Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ރާއްޖޭގެ ޑްރަގް ވިއުގައިގެ ދެ ބޮޑުންނަކީ މިއީ

ރާއްޖޭގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްފައި މިނިސްޓަރު ވިދާޅުވީ އެމީހުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅި އެ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި އެ ދެ ބޮޑުންނަކީ މިދިޔަ އަހަރު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުންނެވެ. އެއީ ފުވައްމުލައް އެ ސިޓީގެ ދޫޑިގަން، އަހުމަދު ނިއުޝާދު، 34، އާއި ދޫޑިގަން ޒަމާނީވިލާ ހަސަން އާޒިމް، 29، އެވެ. އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ މީހުންނަށް ދައުވާކުރީ މި އަހަރުގެ މާޗް މަހުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކި ނަންނަމުގައި ފިލައި ތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެކަމުގެ ޔަގީންކަން މިހާރު ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓަވާފައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިހްސާން ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފަ އިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީ ހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުމަށް ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ފުޅާކޮށްގެން އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ އިރު، މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ ވެރިންނަށް އަމާޒުކޮށްގެން ޕައިލެޓް އޮޕަރޭޝަނެއް ފުވައްމަލުގައި ފުޅާކޮށް ހިންގާފައިކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ މަގުމަތީގެ އަގުން ބަލާ ނަމަ 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށްޓަކައި ހިންގުނު އޮޕަރޭޝަންތަކުގައި ނުވަހާހަށް ވުރެ ގިނަ ރާފުޅި އަތުލައި ގަނެފައިވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެއާޕޯޓްތަކާއި ޕޯސްޓްގެ ޒަރިއްޔާ އިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށް ވެސް ސަރުކާރުނނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާ އިރު، ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަސްކޭނަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.