Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ޗައިނާގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ޗައިނާ އިން ރާއްޖެ އަށް ދީފައިވާ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ބޭނުން ދާއިރާއަކުން ކިޔަވަން ޕީއެޗްޑީގެ 14 ފުރުސަތާއި މާސްޓާސް ޑިގްރީގެ 25 ފުރުސަތެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްތަކށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓް ހަމަޖައްސާނެ އެވެ.

ސްކޮލަޝިޕްރަކުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައި ކުރާ ކޯހާއިގުޅޭ ދާއިރާއެއްގަިއ މަދުވެގެން ތިން އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ ފަރާތަކަށްވުމާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން ހިމެނެ އެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި އަދި އެލޯން ގަވާއިދުން ދައްކަމުން އަންނަ ނަމަ، މީހުންނަށް ވެސް ސްކޮލަޝިޕްޔތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ.

އެޕްލައި ކުރާނީ މި ޕޯޓަލް myedu.egov.mv މެދުވެރިކޮށެވެ.