Last Updated: May 13, 13:50
Tuesday, May 13, 2025
މުނިފޫހިފިލުވުން

'އަބަދަށް' ވަދާއީ ޝޯތަކާ ދިމާއަށް

މި އަހަރު ސިނަމާ އަށް ގެނައި ފުރަތަމަ ދިވެހި ފިލްމު "އަބަދަށް' ވަދާއީ ޝޯތަކަށް ހުޅުވާލައިފި އެވެ.

ނޫރު އެން މޫވީސް ގެނެސްދީފައިވާ މި ފިލްމުގެ ވަދާއީ ތިން ޝޯ އޮންނާނީ މި މަހުގެ 15-17 އަށެވެ. އެ ޝޯތަކުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކުރި "އަބަދަށް" އޮލިމްޕަހުގައި ޕްރީމިއާކުރީ މިދިޔަ މަހުގެ 28 ގަ އެވެ. އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަލެއް ދައްކުވައިދޭ މި ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ވާޝިޔާ މުހައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ޝާރިފް، އިސްމާއީލް ރަަޝީދު (ކޮޕީ އިއްސެ) އަދި ސޫޒަން އިބްރާހީމްފުޅެވެ.

"އަބަދަށް" ގެ ޝޯތައް އޮލިމްޕަހުގައި ނިންމައިލަން ތައްޔާރުވަމުން އަންނަ އިރު، ފިލްމު މިހާރު އަންނަނީ އެކި ރަށްރަށުގައި ވެސް އަޅުވަމުންމެވެ.

މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2011 ގެ "ލޫދިފާ" އަށް ފަހު ޕްރޮޑިއުސަރު ހުސައިން ނުރައްދީނާއި މޫމިން ގުޅިގެން ގެނެސްދިން ފުރަތަމަ ފިލްމެވެ.

މި އަހަރު ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތީ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އަސަރު ގަދަ ލޯބީގެ ފިލްމު "ސޮރީ" އެވެ. އެ ފިލްމު ޕްރީމިއާ ކުރާނީ އަންނަ މަހުގެ 17 ގަ އެވެ.