Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

'އިމިގްރޭޝަން ވޮޗް" އަށް 1،500 މައްސަލަ

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1،50 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

"އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި 17 ގަ އެވެ.

އެއަށް މިހާތަނަށް 1،507 މައްސަލަ ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވެ އެވެ. އަދި 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ އިރު، ކަމަށާއި ނުބެލި އޮތީ 116 މައްސަލައެކެވެ. މީގެ އިތުރުން އިމިގްރޭޝަނާ ގުޅުންނެތް 171 މައްސަލައެއް ވެސް 'އިމިގްރޭޝަން ވޮޗް" އަށް ހުށަހަޅާފައިވެ އެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެފަދަ ބިދޭސީން ހޯދަން އިމިގްރޭޝަން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ 2023 ގެ ނޮވެމްބަރުން ފެށިގެންނެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ސަރަހައްދުން އަތުލައިގެންފައިވާ އިރު، ޑީޕޯޓްކުރި ކުރި ބިދޭސީންގެ އަދަދު 6،700 އަށް ވުރެ ގިނަ އެވެ.

މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.