Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ސްޓޫޑެންޓް ލޯނު ދައްކާ ދަރިވަރުން މަދު: ހައިދަރު

ލޯނުގެ އެހީގައި މަތީ ތައުލީމަށް ރާއްޖޭގައި ބޭރުގައި ކިޔެވުމަ ށްފަހު "ސްޓޫޑަންޓް ލޯން" އަނބުރާ ގިނަ ދަރިވަރުން ނުދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހަށް މިނިސްޓަރު މިއަދު ހާޒިރުކުރުމުން ވިދާޅުވީ ކިޔެވުމަށް ފަހު ލޯނުގައިއަނބުރާ ދައްކަނީ 40 ޕަސެންޓް ދަރިވަރިން ކަމަށެވެ. ހައިދަރު ވިދާޅުވީ އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.

"މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ." ހައިދަރު ވިދާޅުވި އެވެ.