Last Updated: May 13, 22:03
Tuesday, May 13, 2025
ޚަބަރު

ބްރޯކޮމްގެ މެންބަރަކަށް ރިލްވާން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިލުވާން އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ނަމެކެވެ. ރިލްވާނަކީ އެންމެ މަތިން ކޮމިޓީން ޕޮއިންޓު ލިބުނު ފަސް މީހުންގެ ތެރެއިން ހަތަރު ވަނައިގައި އިތް ބޭފުޅާ އެވެ. އޭނަ އަށް ލިބުނީ 81 ޕަސެންޓެޥެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.

ރިލްވާނަކީ ޕީއެސްއެމްގެ ޕްރެޒެންޓަރެކެވެ.

ކޮމިޓީން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުުނީ ކުރިން ވެސް ބްކޯޑްކޮމްގެ މެންބަރުކަން ކުރައްވާފައިވާ އަދި މި ސަރުކާރުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނިކޮށް މިދިޔަ އަހަރު އިސްތިއުފާ ދެއްވި ޒީނާ ޒާހިރެވެ. އޭނަ އަށް 85.13 ޕަސެންޓު މާކްސް ލިބުނު އިރު، މިއަދުގެ ވޯޓްގައި ލިބުނީ އެންމެ 12 ވޯޓެވެ.