Last Updated: July 25, 17:41
Saturday, July 25, 2026
ޚަބަރު

އިމިގްރޭޝަނުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު

އިމިގްރޭޝަނުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

އެ އިދާރާ އިން ވަނީ 50 އިމިގްރޭޝަން އޮފިސަ ޓްރެއިނީން ހޯދަން ހުޅުވާލައިފަ އެވެ.

އެ މަގާމުތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް އިން ދެ މާއްދާ އިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއި ދިވެހިން "ސީ" ފާސް ލިބިފައިވުމެވެ. މަގާމުތަކަށް ހޯދަނީ 40 އަހަރުން ދަށުގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނީ މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނާ އިންޓަވިއު ކުރާނެ ތާރީހާއި ތަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.