Last Updated: May 13, 23:15
Tuesday, May 13, 2025
ޚަބަރު

އެޗްޑީސީގެ އޮފީހެއް ވިނަރެސް ޓަވަރުގައި ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަސްޓަމާ ކެއގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ.

އެ ކުންފުނިން ބުނީ މިއީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު ހައެއްގައި ހުޅުވި އޮފީހެއް ކަމަށެވެ. އެޗްޑީސީން އެތަނަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށް، އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް ކަމަށެވެ.

އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށް ދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް އެ އޮފީހުން ލިބޭނެ އެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް އެ އޮފީސް ހުޅުވާފައި ހުންނާނެ އެވެ.

އެޗްޑީސީން ބުނީ 'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް ދެން ލިބޭނީ 'ވިނަރެސް' ގައި ހުޅުވި އޮފީހުން ކަމަށެވެ.