Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

15 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ

ގދ. ތިނަދޫ / ފޮޓޯ: ނައުފަލް

ސަރުކާރުގެ ހަރަދުގައި 15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަސައްކަތް ކުރުމަށް ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަން ކޮށްދޭނެ ބައެއް ކަމަށެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތަކާއި ޔުނިޓްގެ އަދަދު

– އައްޑޫ ސިޓީ ހުޅުދޫގައި 100 ހައުސިން ޔުނިޓް
– ހދ.ނެއްލައިދޫ: 60 ހައުސިން ޔުނިޓް
– މ. ދިއްގަރު: 75 ހައުސިން ޔުނިޓް
– ހއ. އިހަވަންދޫ: 200 ހައުސިން ޔުނިޓް
– ހދ. މަކުނުދޫ: 100 ހައުސިން ޔުނިޓް
– ނ. ކެނދިކުޅުދޫ: 100 ހައުސިން ޔުނިޓް
– ރ. މަޑުއްވަރީ: 100 ހައުސިން ޔުނިޓް
– ރ. އިނގުރައިދޫ: 100 ހައުސިން ޔުނިޓް
– ބ. ތުޅާދޫ: 100 ހައުސިން ޔުނިޓް
– ޅ. ހިންނަވަރު: 100 ހައުސިން ޔުނިޓް
– ތ. ވިލުފުށި: 100 ހައުސިން ޔުނިޓް
– ގދ. ގައްދޫ: 100 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ މަރަދޫ: 100 ހައުސިން ޔުނިޓް
– އައްޑޫސިޓީ މަރަދޫ ފޭދޫ: 100 ހައުސިން ޔުނިޓް
– އައްޑޫސިޓީ މީދޫ: 100 ހައުސިން ޔުނިޓް

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން މި މަހުގެ 27 ގެ ކުރިން ހުށަހަޅަންޖެހެ އެވެ. އަދި މި މަސައްކަތުގެ ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1,500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ފައިސާ ބަލައިގަންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުނު 2:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.