Last Updated: May 13, 23:15
Wednesday, May 14, 2025
ޚަބަރު

މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އަތް ބުރިވެއްޖެ

ފީނަންގޮސް އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެމީހާގެ އަތް ބުރިވެއްޖެ އެވެ.

ފުލުހުން ބުނީ ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވެފައިވާ މައްސަލަ ރޭ 10:30ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެމީހާގެ ކަނައަތް އުޅަނބޮއްޓާ ހިސާބުން ބުރިވެފައިވާ ކަމަށާއި އިތުރުފަރުވާއަށް އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.