އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މިއީ 2022 ގެ "ލާލު ސިންގާ ޗައްޑާ" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އާމިރުގެ ފުރަތަމަ ފިލްމެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިތާރޭ ޒަމީން ޕަރް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ.
މި ފިލްމަކީ ހާއްސަ އެހީ އަށް ބޭނުންވާ ބައެއްގެ ވާހަކަ ދައްކުވައި ދޭނެ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ އެވެ. "ސިތާރޭ ޒަމީން ޕަރު" ގައި ދައްކުވައި ވެނީ ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ބާސްކެޓްކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު މުބާރާތްތަކެއް ކާމިޔާބު ކުރަން ކުރާ މަސައްކަތްތަކެވެ.
އާރްއެސް ޕްރަައްސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހަދާފައި ވަނީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަށް ބިނާކޮށެވެ.