Last Updated: May 14, 17:27
Wednesday, May 14, 2025
ޚަބަރު

'ބެޑްރިޑަން ޕްރޮގްރާމް' އިފުތިތާހުކޮށްފި

ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށް ދިނުމަށް 'ބެޑްރިޑަން ޕްރޮގްރާމް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރޭ އިފުތިތާހުކޮށްފި އެވެ.

އެ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމެވެ.

ދާންމަތިވެފައިވާ މީހުންހެ ގޭގެއަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދާންމަތިވެފައިވާ މީހުންގެ ގެތަކަށް މަހަކު އެއްފަހަރު ޒިޔާރަތް ކުރާނެ އެވެ.

"މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ޢާއިލާތަކުގަ އިސްރަށްވެހިން ދާންމަތިވެފައި ތިބޭއިރު އެމީހުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ބޭނުންތަކާއި އަދި އެހީތެރިކަމާއި އަދި އެމީހުންނަށްވެސް މުޖްތަމަޢުގަ ޝަމިލްވެގެން އުޅޭ ބަޔަކަށް ހެދުން." މިނިސްޓަރު ވިދާޅުވިއެެވެ.

ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށް ދިނުމަށް ޚާއްސަ ޕްރޮގްރާމެއް އިފުތިތާހުކުރި އިރު ރައްޔިތުން ޙާލަތު ގާތުން ދެނެގަތުމަށް "ހާލު ކިހިނެއް؟" ނަމުގައި ވެސް މިނިސްޓްރީން އަންނަނީ މިދިޔަ އަހަރން ފެށިގެން ޕްރޮގްރާމއް ހިންގަމުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން 12،000 އަށް ވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެފައިވެ އެވެ.