ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހަދައި މިހާރު ހިންގަމުން އަންނަ "އޮޅު ހިޔާ" އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރ ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރަހީމް (ކުޑޫ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ފެސިލިޓީ އަށް ނޮން-ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު 700،000ރ. ރުފިޔާ ހަރަދުވާނެކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ،.ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ." މާރިޔާ ވިދާޅުވި އެވެ.
ބުޅާ ފެސިލިޓީގައި މިހާރު 30 ބުޅާ ބަލަހައްޓަމުން އާދެ އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގެ 5،000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީއަކީ 24 ގަޑިއިރު ހިދުމަތްދޭ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުތަކާއި އެ ނޫން ވެސް އާންމު ތަންތަނުގައި އުޅޭ ބުޅާތަކަށް ގެންގޮސް ބެލެހެއްޓުމެވެ.