Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފަނޑިޔާރަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދީ، މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނަ ހަމަލާ ދިން ފަނޑިޔާރާ ބެހޭ އެއްވެސް މައުލޫމާތެއް އޭނަގެ ބަންދަށް ޖެހި ފަސް ދުވަހުގެ އަމުރުގައި ކްރިމިނަލް ކޯޓުން ހިއްސާކޮށްފައެއް ނުވެ އެެވެ.

އެކަމަކު އެ މީހާ އަކީ ކުރިން ވެސް ފަނޑިޔާރަކަށް ހަމަލާ ދީ މާރާމާރީ ހިންގިކަމުގެ ރެކޯޑް އޮތް މީހެއް ކަމަށް ބުނެފައިވެ އެވެ. .
ފަނޑިޔާރަށް ހަމަލާ ދިން މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.