Last Updated: May 14, 16:45
Wednesday, May 14, 2025
ޚަބަރު

ސްޕެޝަލް ކޮންސްޓަބުލަރީ ކޯހުގެ ހަވަނަ ބުރު ނިންމާލައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ތަމްރީނު ކުރަން އައްޑޫގައި ހިންގި އަސާސީ ތަމްރީނު ކޯހުގެ ހަ ވަނަ ބުރު ނިންމާލައިފި އެވެ.

އެކަމަށްޓަކައި އައްޑޫ ޕޮޮލިސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝަމީމެވެ.

ސްޕެޝަލް ކޮންސްޓަބުލަރީ 16 އަންހެން ފުލުހުންނާއި 11 ފިރިހެން ފުލުހުން ހިމެނޭހެން ޖުމްލަ 27 ބައިވެރިން ފުރިހަމަކުރި މި ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް ޝުނާން އަންވަރެވެ.

މިދިޔަ އެޕްރީލް މަހުގެ 13 އިން މި މަހުގެ 8 އަށް ކުރިއަށް ގެންދިޔަ ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކު ރަން ޖެހޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކޯހެކެވެ. ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރުތަކާއި އިލްމު ކޯހުގައި އުނގަންނައި ދީފައިވެ އެވެ.

އެގޮތުން ފިޒިކަލް ޓްރެއިނިން އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިން ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކޯހުގައި ކުރިއަށް ގެންދިޔަ އެވެ.