މިދޮޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެކުނު ކޮރެއާގެ "ޖެޖޫ އެއާލައިން" ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދޭން ބައެއް އާއިލާތަކުން ހުށަހަޅައިފި އެވެ.
ބެންކޮކުން ފުރައިގެން 181 މީހުންނާ އެކު ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި 179 މީހަކު މަރުވެފައިވެ އެވެ.
އޭގެ ތެރެއިން ބައެއް އާއިލާތަކުން ޖިނާއީ ތަހުގީގެއް ހިންގައި ދޭން އެދިފައި ވަނީ 15 މީހެއްގެ މައްޗަށެވެ. އެގޮތުން މިއީ އިހުމާލުގެ ސަބަބުން ހިނގި ހާދިސާއެެއް ކަމަށް ބުނެފައިވެ އެވެ. އެގޮތުން ދެކުނު ކޮރެއާގެ ޓްރާންސް މިނިސްޓަރާއި ޖެޖޫ އެއާލައިންފެ ސީއީއޯގެ މައްޗަސް ވެސް ތަހުގީގު ހިންގައި ދޭން އެދިފައިވެ އެވެ.
ބޯޓް ވެއްޓުނު ހާދިސާގައި ސަލާމަތްވެފައި ވަނީ އެންމެ ދެ މީހެކެވެ. އެއީ ކްރޫއަކާއި ޕެސެންޖަރެވެ.
އެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދޭން ބައެއް އާއިލާތަކުން އެދުނު އިރު، ފުލުހުން މިހާރު ވެސް އަންނަނީ މިކަމާ ގުޅޭ ތަހުގީގެއް ހިންގަމުންނެވެ. އެގޮތުން ޖެޖޫ އެއާލައިންގެ ސީއީއޯ ކިމް އީ-ބޭގެ ޕާސްޕޯޓް ހިފަހައްޓައި ގައުމުން ފުރުން މަނާކޮށްފައިވެ އެވެ.
ޖެޖޫ އެއާލައިންގެ ބޯޓެއް ވެއްޓުނު ހާދިސާ އަކީ މިހާތަނަށް ދެކުނު ކޮރެއާގައި ހިނގި އޭވިއޭޝަން ދާއިރާގެ އެންމެ ނުރައްކާތެރި ހާދިސާ އެވެެ. އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ އިރު، ބޯޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.