ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ކުރެއްވި ހުރިހާ މަސައްކަތެއް ކޮށްފައި ވާނީ ކުރާ ހިތުން ކަމަށް ފަނޑޔާރުކަމުން މިއަދު ވަކިކުރި މަހާޒް އަލީ ވިދާޅުވެއްޖެ އެވެ.
އޭނަ އާއި ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކިކުރަން ރައްޔިރުންގެ މަޖިލީހުން ފާސްކޮށްފައ ވަނިކޮށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މިހ ހިސާބަށް އާދެވުމުން އުފާކުރައްވާ ކަމަށެވެ.
"ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް." އޭނަ ވިދާޅުވި އެެވެ.
މަހާޒު ވަނީ އޭނަ ސަސް ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
"ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުން ދިޔަ ކަންކަމަށް ދެކޮޅު ހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން." އޭނަ ވިދާޅުވި އެވެ.
މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ ނޮވެމްބަރު 4، 2019 ގަ އެވެ.