މި އަހަރުގެ ބައޯޑައިވަސިޓީ ދުވަހާ ގުޅުވައިގެން އައްޑޫ ނޭޗާ ޕާކުން ފޮޓޯ މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.
އުމުރުން 16 އަހަރުން މަތީގެ އެންމެނަށް ހުޅުވައިލި މުބާރާތުގެ ތީމަކީ "ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" އެވެ. އެހެންވެ މުބާރާތަށް ހުށަހަޅަން ޖެހޭނީ ދެމެހެއްޓެނިވިކޮށް ތިމާވެށި ހިމާޔަތް ކުރެވޭ މަސައްކަތްތަކަށް ހާއްސަ ފޮޓޯތަކެވެ.
ކޮންމެ މީހަކަށް ވެސް މުބާރާތަށް ދެ ފޮޓޯ ހުށަހެޅޭނެ އެވެ. ފޮޓޯތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 އެވެ.
ނޭޗާ ޕާކުން ބުނީ މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު ތިން ފޮޓޯ ހޮވައި އިނާމު ވެސް ދޭނެ ކަމަށެވެ. އެއް ވަނަ އަކީ 3،500ރ. އެވެ. ދެވަނަ އަށް 2،500 އަދި ތިން ވަނަ އަށް 1،500ރ. ލިބޭނެ އެވެ.
ބައޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ މެއި 22 އެވެ.