Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އައްޑޫގެ ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި ޓީޗަރަކު ޖަހައި އަނިޔާކުރި މައްސަލައެއް ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހިކަމަށް ބުނާ މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާ އިން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ޓީޗަރު ކުއްޖާގެ ބޮލުގައި ޖެހީ ފެންބޯން ބޭނުންކުރާ ކަހަލަ ދަގަނޑު ފުޅިއަކުންނެވެ. އަދި އެ ކުއްޖާ އަކީ ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކުއްޖެއް ކަމަށެވެ.