Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މަތިވެރީގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އއ، މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ކޮންސްްޓަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށަހަޅުމުގެ ފުރުސަަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލައިފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްއަށެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް މި ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން ވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ.

މަތިވެރީ ފަޅު ހިއްކައިގެން އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިއަހަރުތެރޭ އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފަ އެވެ.